Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

މެލޭޝިއާގެ ރުއްތަކެއް ނޭޗަ ޕާކުގައި އިންދައިފި

ރުއް އިންދުމުގެ ހަރަކާތުގެ ތެރެއިން / ފޮޓޯ: ވެށި ސާފު

އައްޑޫގައި އެއްލައްކަ ރުއް އިންދުމަށް އައްޑޫސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން، މެލޭޝިއާއިން ގެނައި 50 ރުކެއް އައްޑޫ ނޭޗަރ ޕާކުގައި އިންދައިފިއެވެ.

މި ރުއްތައް އިންދާފައިވަނީ ވެށި ސާފު ޖަމީއްޔާއާއި، އައްޑޫސިޓީ ކައުންސިލް އަދި ހިތަދޫ އަވަށު އޮފީހުގެ އެހީތެރިކަމާއި އެކުގައެވެ. މި ރުއްތަކަކީ ޓްރައިލްއެއްގެ ގޮތުގައި އައްޑޫގައި ހެދޭތޯ ބެލުމަށް ގެނައި ރުއްތަކެއް ކަމަށް ވެށި ސާފު ޖަމީއްޔާއިން ބުނެއެވެ. މި 50 ރުއް އިންދާފައިވަނީ އައްޑޫ ނޭޗަރ ޕާކުގެ ސަރަހައްދުގައެވެ.

އައްޑޫގައި 100،000 ރުއް އިންދުމުގެ ޕްރޮގްރާމެއް ފަށާފައިވަނީ 2021 ވަނަ އަހަރު ޖޫން 05 ވަނަ ދުވަހުއެވެ. މިއީ އައްޑޫގެ ތިމާވެށި ރައްކާތެރިކޮށް އައްޑޫ ފެހި ކުރުމަށް ކައުންސިލުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން އެކި ޖަމީއްޔާ ޖަމާޢަތްތަކާއި އެކު ރުއް އިންދުމުގެ އެކި ހަރަކާތްތައް ކުރިއަށް ގެންދެއެވެ.