Last Updated: April 29, 00:08
Sunday, April 28, 2024
ޚަބަރު ރައީސް ސޯލިހު

ފިކުރު ތަަފާތުވިޔަސް ބޭނުންވާ ތަރައްގީ ހޯދައި ދޭނަން

ފިކުރާއި ޙީޔަލު ތަފާތުވިޔަސް ރައްޔިތުން ބޭނުންވާ ތަރައްޤީ ހޯއްދަވައި ދެއްވަން މަސައްކަތް ކުރާ ކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް ވިދާޅުވެއްޖެއެވެ.

ވަ. އަތޮޅުގެ ރައްތަކަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެމަނިކުފާ ވަނީ މިއަދު ވ. އަތޮޅު ފެލިދޫއަށް ވަޑައިގެންފައެވެ. ފެލިދޫއަށް ވަޑައިގެން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިއީ ފެލިދޫއށް އާދެވޭ ތިން ވަނަ ފަހަރު ކަމަށް ވިދާޅުވިއެވެ. އަދި މިއިން ކޮންމެ ދަތުރެއްގައިވެސް ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ އަޑު އަހަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ރަށަށް ބޭނުންވާ ކަންކަން ބަޖެޓުގައި ހިމަނައި ފުއްދުމުގެ މަސައްކަތް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސާލިހް ވ. ފެލިދޫއަށް ކުރައްވާ ޒިޔާރާތުގެ ތެރެއިން / ފޮޓޯ: އެމްޑީޕީ

ޖަޒީރާ ރާއްޖޭގެ ތަޞައްވުރާއިއެކު 2018 ވަނަ އަހަރު ނިކުތީ ތަފާތު ކުރުމެއް ނެތި، ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ވިދާޅުވެ، މި ވ. އަތޮޅު އެކަން ފެންނަ ކަމަށް ވިދާޅުވިއެވެ.

"އަދި ފިކުރުގެ ވިސްނުމައް، ޙިޔާލެއް ތަފާތުވިޔަސް، އެ ކަހެރިކޮށް؛ ރައްޔިތުން ބޭނުންވާ ތަރައްޤީ އެ ރަށަކަށް ހޯދައިދިނުމަށް. މި ރަށުން ހަމަ ގައިމުވެސް އެ މަންޒަރު ފެންނާނެ " ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އެ ރަށުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ނަތީޖާ ހަނދުމަފުޅު ހުރި ކަަމަށެވެ. އެހެންނަމަވެސް ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި އެއްވެސް ރަށެއް ބާކީ ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ވިސްނުމަކަށް ނުބަލާ ކަމާށާއި ނަމަވެސް، ތަރައްޤީގެ ކަންކަމުގައި ރައްޔިތުންގެ ވިސްނުން ހުރިގޮތް ބައްލަވާ ކަމަށް ރައީސް ސާލީހް ވިދާޅުވިއެވެ.