Last Updated: April 27, 22:41
Saturday, April 27, 2024
ދުނިޔެ

އޭއައިގެ ނުރައްކަލާ ގުޅޭ ބައްދަލުވުމެއް އދ. ގައި

އާޓިފިޝެލް އިންޓެލިންސް އޭއައި) ގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭ ގޮތުން މަޝްވަރާކުރަން އދ. ގެ ސަލާމަތީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި އެވެ.

އެމެރިކާގެ ނިއު ޔޯކްގައި މި ބައްދަލުން އޮންނާނީ އަންގާރަ ދުވަހު އެވެ. އޭއައިއާ ގުޅޭ މި މަޝްވަރާ ބައްދަލުވުން އދ. ގެ ސަލާމަތީ ކައުންސިލުން ބާއްވަނީ އިނގިރޭސިވިލާތުގެ އިސް ނެގުމަކަށެވެ. އަދި އަންގާރަ ދުވަހުގެ ބައްދަލުވުން ޗެއާކުރައްވާނީ އިނގިރޭސި ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވަލީ އެވެ.

މި ބައްދަވުމުގައި އޭއައިއޭއާ ގުޅޭ ގޮތުން ވަރަށް ފުޅާކޮށް މަޝްވަރާކޮށް، އޭއައިގެ ނުފޫޒު ގައުމުތަކުން ކުޑަކުރުމަށް ބާރު އެޅުމާއި އޭގެ ސަބަބުން ދިމާވާނެ ގެއްލުންތަކަށް މެމްބަރު ގައުމުތަކުގެ ހިޔާލާއި ލަފާ ހޯދައި، އޭއިއޭއާ ގުޅޭ ގޮތުން ހާއްސަ ރިޕޯޓެއް އދ. ގެ ސަލާމަތީ ކައުންސިލުން އެކުލަވައިލާނެ އެވެ.

މިފަދަ ބައްދަކުވުމެއް ބާއްވާ އިރު، މިދިޔަ މަހު އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ އޭއައިއޭ ގުޅޭ ގޮތުން ކުރެވޭ މަސައްކަތްތަކަށް އެެއްބާރުލުން އެ ޖަމާއަތުން ދެއްވާނެކަމުގެ ޔަގީންކަން ވެސް ދެއްވައިފަ އެވެ.

އޭއައި އަށް މިހާރު ވަރަށް ގިނަ ގައުމުތަކުން ހާއްސަކޮށް ޓެކް ކުންފުނިތަކުން މިސްރާބު ޖަހަމުންދާ އިރު، މި ޓެކްނޮލޮޖީއާ އެކީ ޗެޓްޖީޕީޓީގެ ފަދަ ވަސީލަތްތަކާ އެކީ ކުތިމަތިވެދާނެ ނުރައްކާތަކުގެ ވާހަކަ މިހާރު މުޅި ދުނިޔޭގައި ވެސް އޮތީ ބޮޑު ބަހުސަކަށްވެފަ އެވެ.