Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ޕްލާސްޓިކް ކޮތަޅުގެ އާމްދަނީ ދަށަށް

ޕްލާސްޓިކް ކޮތަޅު ބަނޑެޅި ތަކެއް

ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ގެ ގޮތުގައި މިދިޔަ ޖޫން މަހު ލިބުނު އާމްދަނީ މޭއި މަހާއި އަޅައިބަލާއިރު %33 އިންސައްތަށް ދަށަށް ގޮސްފައިވާ ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭގޮތުގައި މިދިޔަ މޭއި މަހު ޕްލާސްޓިކް ކޮތަޅު ފީ ގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 1،177،904ރ. އެވެ. ނަމަވެސް އޭގެ ފަހު މިދިޔަ ޖޫން މަހު އެ އާމްދަނީ ވަނީ 778،693ރ. އަށް ދަށް ވެފައެވެ. މިއީ 33.89 އިންސައްތައިގެ ދަށް ވުމެކެވެ.

މިދިޔަ ޖޫން މަހު މީރާއަށް ޓެކްސް އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މީރާއަށް ލިބިފައިވަނީ 410 މިލިއަން ރުފިޔާއެވެ. ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ހިމެނެނީ ޓެކްސް ނޫން އާމްދަނީގެ ތެރޭގައެވެ.

ޕްލާސްޓިކް ކޮތަޅު ފީ ދަށް ވުމަކީ ސަރުކާރުންވެސް ލަފާކޮށްފައިވާ ކަމެކެވެ. މިދިޔަ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ޕްލާސްޓިކް ކޮތަޅުން ފީ އެއް ނަގަން ފެށި އިރު އެންވައިރޮމެންޓް މިނިސްޓަރ ޝައުނާ ވަނީ، މިއީ އެއްވެސް ގޮތަކަށް ސަރުކާރަށް އާމްދަނީއެއް ހޯދުމަށް ނަގާ ފީ އެއް ނޫން ކަމަށް ބުނެފައެވެ. އަދި އާންމުން ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު ދުވަހުން ދުވަހަށް މަދުވާވަރަކަށް މިއިން ލިބޭ އާމްދަނީވެސް ދަށްވެގެން ދާނެ ކަމަށް މީގެ ކުރިން މިނިސްޓަރ ޝައުނާ ވަނީ ވިދާޅުވެފައެވެ.

ތު ޕްލާސްޓިކް ކޮތަޅަށް 2ރ. ގެ މަގުން ފީ ނަގަމުންދާއިރު ކޮތަޅު ބަނޑެޅި ވަނީ ބޮޑުތަނުން އަގު އުފުލިފައެވެ. މިމައްސަލަ ހައްލު ކުރަން ސަރުކާރުން ވަނީ ޤަނޫނަށް އިސްލާހެއްވެސް ހުށަހަޅާފައެވެ.