ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ފައިސާ ހޯދަން ވ. ފޮއްޔެތޮފަޅު ނުއަގުގައި ވިއްކައިލަން އުޅޭ ކަމަށް ތުހުމަތުކޮށް އެކަން ހުއްޓާލަން އިދިކޮޅު ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމާއި ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އެންމެ ބޮޑު ދުނިޔޭގައި ތިން ވަނަ އަށް އެންމެ ބޮޑު ފަޅު ގާނޫނާ ހިލާފަށް ވިއްކަން ސަރުކާރުން ޖަރިމާ ހިންގަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ވަގުތުން ވަގުތަށް ހުއްޓައިލަން ގޮވައިލާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ނިމެން ގާތްވަމުން ދަނިކޮށް ރާއްޖޭގެ އަގުހުރި ދިވެހިންގެ މުދާ ނުއަގުގައި ވަކި ބަޔަކަށް މަންފާ ލިބޭ ގޮތަށް ވިއްކައި ހުސްކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ފޮއްތެޔޮފަޅިު ވިއްކައިލާ މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އިން ބަލަން ވެސް ގޮވާލާފައިވެ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނި ގޮތުގައި ވިއްކައިލާ ދިވެހިންގެ މިފަދަ މުދާތައް އެ ކޯލިޝަންގެ ސަރުކާރުގައި އަނބުރާ ރައްޔިތުންނަށް ހޯދައި ދޭނެ އެވެ. އަދި ގާނޫނާ ހިލާފު މިފަދަ މުއާމަލާތްތައް ހިންގާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުންޏެވެ.