Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

ހިތަދޫގައި ޒުވާނަކު ދަންޖެހިގެން މަރުވެއްޖެ

ބަށިމާގެ ސަރަގައްދުގައި ފުލުހުން. ޝާހިދްގެ ހަށިގަނޑު ވަނީ ހޮސްޕިތަލަށް ގެންގޮސްފައި

ހިތަދޫގައި މިރޭ ޒުވާނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަންޖެހިގެން މަރުވެފައިވަނީ ހުސެއިން ޝާހިދް، ބަށިމާގެ (35އ) އެވެ. އޭނާ ދަންޖެހިފައިވަނީ އެ ގޭގެ ކޮޓަރީގެ ފަންކާގައި ވާގަނޑެއް އައްސައިގެންނެވެ.

ޝާހިދްގެ ހަށިގަނޑު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެނައި އިރުވެސް މަރުވެފައިވާކަމަށް އޭނާ ބެއްލެވި ޑޮކްޓަރު ވަނި ބުނެފައެވެ.