Last Updated: June 20, 13:31
Saturday, June 20, 2026
ޚަބަރު

ނާޒިމާ އެކީ ގާސިމްގެ ބައްދަލުވުމެއް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމާއި އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ކާނަލް ނާޒިމްގެ ބައްދަލުވުމެއް މިއަދު ސަން އައިލޭންޑްގައި ކުރިއަށް އެބަދެ އެވެ.

މި ބައްދަލުވުމުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ބައިވެރިވެވަޑައިގަންނަވަ އެވެ. ގާސިމާއި ނާޒިމް މިއަދުގެ މި ބައްދަލުވުމަކީ ދެ ބޭފުޅުން ވެސް ރިޔާސީ އިންތިހާބަށް މިހާރު ކެމްޕޭން ކުރައްވަމުން ގެންދަވާ ދަނޑިވަޅެއްގައި ކުރިއަށްދާ ބައްދަލުވުމެކެވެ.

ގާސިމް މީގެ ކުރިން ވެސް އެހެން ސިޔާސި ޕާޓީތަކުގެ ވެރިންނާ ސަން އައިލޭންޑްގައި ބައްދަލުކުރައްވާފައިވެ އެވެ.

މި އަހަރުގެ ރިޔާސީ އިންތިހާބު އޮންނާނީ ސެޕްޓެމްބަރު 9 ގަ އެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް ކުރިމަތިލާން އަންނަ އާދީއްތަ ދުވަހު އިލެކްޝަން ކޮމިޝަން (އީސީ) އިން ހުޅުވައިލާނެ އެވެ.