Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ސިންގަޕޫރްގެ ޕާލިމަންޓްގެ ރައީސް އިސްތިއުފާ ދީފި

ސިންގަޕޫރްގެ ސަރުކާރުގެ ބައެއް ވެރިންގެ ތެރޭގައި ކޮރޕްޝަނާ ގުޅުން ހުރި ނާޖާއީޒު މުއާމަލާތްތަކެއްގެ ހިންގާފައިވާ ކަމަށް ބުނާ މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޓަން ޗުއާން-ޖިން އިއްޔެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނަ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ވަގުތީ ގޮތުން ޕާލިމަންޓްގެ ޒިންމާތައް ވަނީ ނައިބު ރައީސް ޖެސިކާ ޓަންއާ ހަވާލުކޮށްފަ އެވެ. އަދި ޕާލިމަންޓަށް އާ ރައީސަލު އަންނަ މަހުގެ 1 ގައި ހޮވާނެ އެވެ.

ސިޔާސީ ގޮތުން މިހާރު ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް އެކްޝަން ޕާޓީ (ޕެޕް) އަށް ކުރިމަތިވެފައިވާ މައްސަލަތަކާ މެދު ބޮޑުވަޒީރު ލީ ސިއެން ލޫންގް ވިދާޅުވީ ސަރުކާރެއް ހިންގޭނީ ތެދުވެރި، އިހުލާސްތެރި މީހުންނާ އެކީގައި ކަމަށެވެ. އަދި ގައުމުގެ ރައްޔިތުން ވެސް ބޭނުން ވަނީ އެފަދަ ބޭފުޅުން ކަމަށް ވިދާޅުވި އެވެ.

"ބޭނުން ވަނީ އިހުލާސްތެރި، ނަޒާހަތްތެރި ސާފު ބޭފުޅުން،" އޭނަ ވިދާޅުވި އެވެ. "ޕާޓީގެ އެންމެ އަސާސީ އުސޫލަކީ ވެސް އެއީ. އެ އުސޫލުތަކާއި އަހުލާގާ ނުލައި އަހަރެމެން ނުވާނެ އެއްވެސް އެއްޗަކަށް."

މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ސިންގަޕޫރްގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އީސްވަރަން މަގާމުން އެކަހެރިކޮށްފަ އެވެ.