Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

މުދަލު ޒަކާތަށް 26.7 މިލިއަން ރުފިޔާ ބަހައިފި

މި އަހަރުގެ މުދަލު ޒަކާތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި އަހަރު މުދަލު ޒަކާތުގެ ގޮތުގައި ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޖަމާކޮށްފައިވަނީ 26.7 މިލިއަން ރުފިޔާ ކަމަށެވެ.

މި ފައިސާ ފަޤީރުންގެ ލިސްޓްގައި މިއަހަރު ހިމެނޭ 7657 މީހުންނަށް، ބޮލަކަށް 3500ރ. ގެ ރޭޓުން މިއަދު ޖަމާކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.