Last Updated: July 25, 13:16
Saturday, July 25, 2026
މުނިފޫހިފިލުވުން

އާލިއާ އަށް ކަރަންގެ އިތުރު ފިލްމެއް

ޑައިރެކްޓަރު ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން އުފައްދާ އެކްޝަން ތުރިލާއަކަށް އާލިއާ ބަޓް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި މި ފިލްމަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "މޮނިކާ، އޯ މައި ޑާލިން" އާއި "މަރުދު ކޯ ދަރުދު ނެހީ ހޯތާ" ގެނެސްދިން ވަސަން ބާލާ ޑައިރެކްޓްކުރާ އެއްޗެކެވެ. އަދި އޭގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ. ނަމަވެސް މި ފިލްމާ ބެހޭ އެއްވެސް މައުލޫމާތެއް ދަރުމާ އިން އަދި ރަސްމީކޮށް ހާމައެއްނުކުރެ އެވެ.

އާލިއާ އަކީ އެ ސްޓޫޑިއޯގެ ފިލްމުތަކުން އެންމެ ގިނައިން ފުރުސަތު ލިބޭ އަދި ކަރަންގެ މިހާރުގެ އެންމެ ބޮޑު ފެވަރިޓެވެ. އާލިއާ ބޮލީވުޑަށް ނެރުނީ ވެސް އޭނަ އެވެ. އެއީ 2012 ގެ "ސްޓޫޑެންޓް އޮފް ދި އިޔާ" އިންނެނެވެ. ހުނަރުވެރި، ކާމިޔާބު ބަތަލާގެ ކުރިއަށް ވެސް އޮތީ ކަރަންގެ ފިލްމެކެވެ. އެއީ ކަރަންގެ ހަތް ވަނަ ޑައިރެކްޝަން އަދި މި މަހުގެ 28 ގައި ރިލީޒްކުރާ "ރޮކީ އޯރް ރާނީއަ ކީ ޕްރޭމް ކަހާނީ" އެވެ.

އާލިއާއާ އެކީ ވަސަން ހަދާ ފިލްމު ވާނީ އެކްޓަރު ރަންބީރް ކަޕޫރްގެ އަންހެނުން ކުޅޭ ދަރުމާގެ 12 ވަނަ ފިލްމަށެވެ.

އަންނަ މަހުގެ 11 ގައި ރިލީޒްކުރާ ހޮލީވުޑްގެ ފިލްމު "ހާޓް އޮފް ސްޓޯން" ގެ ރޯލެއް ވެސް ކުޅެފައިވާ އާލިއާ ސޮއިކޮށްފައިވާ ކަމަށް ބުނާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ނިތޭޝް ތިވާރީގެ "ރާމާޔަން" އާއި ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ "ބައިޖޫ ބަވްރާ" އަދި ޔާޝްރާޖް ފިލްމްސް ވައިއާރްއެފްގެ ސްޕައި ޔުނިވާސްގެ ފިލްމެއް ހިމެނެ އެވެ.