Last Updated: April 27, 22:41
Saturday, April 27, 2024
ދުނިޔެ

ޓްވިޓާ ގޮތަށް ތުރެޑްސް އަށް ވެސް ލިމިޓެއް

ސްޕޭމްތަކާއި ބަގު އެޓޭކްތަކުން ސަލާމަތްކަން ހޯދައިދޭން މިހާރު މެޓަގެ އާ އެޕް، ތުރެޑްސް އަށް ވެސް ލިމިޓް ރޭޓެއް ކަނޑަޅަން ނިންމައިފި އެވެ.

މިކަން ތުރެޑްސްއާ އިންޓަ-ކަނެޓްކޮށްފައިވާ މެޓަގެ އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީގެ އިތުރުން މެޓަގެ ސީއީއޯ މާކް ޒަގަބާގް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

Post by @mosseri
View on Threads

ޓްވީޓްތައް ބެލޭ މިންވަރު ލިމިޓްކުރަން ޓްވިޓާ އިން ދާދި ފަހުން ނިންމި ގޮތަށް ތުރެޑްސް އިން ވެސް އަމަލުކުރަން ނިންމުމާ ގުޅިގެން ޓްވިޓާގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ކުރެއްވި ޓްވިޓެއްގައި އަނެއްކާ ވެސް "ކޮޕީކޮށްފި" ކަމަށް ވިދާޅުވެ، ހަމަލާއެއް ފޮނުއްވާފައިވެ އެވެ.

ޓްވިޓާއާ ވާދަ އަށް ނެރެ އެންމެ ފަހު ފަސް ދުވަހުގެ ތެރޭގައި 100 މިލިއަން މީހުން ބޭނުންކުރާ އެޕަކަށް ތުރެޑްސްވުމާ ގުޅިގެން އެއި ސީދާ ޓްވިޓާ ކޮޕީކޮށްގެން ހަދާފައި އޮތް އެޗެއް ކަމަށް ވިދާޅުވީ އެ މައްސަލާގައި ކޯޓަށް ދާނެކަމުގެ އިންޒާރު ވެސް އީލޮން މީގެ ހަފުތާއެއްހާ ދުވަސް ކުރިން ދެއްވާފައިވެ އެވެ.

Post by @mosseri
View on Threads

ތުރެޑްސް ލިމިޓް ރޭޓާ ގުޅޭ ގޮތުން އެޑަމް ވިދާޅުވީ މިއީ އެ ބޭނުންކުރާ މީހުންނާއި ފޮލޯކުރާ މީހުންގެ އެކައުންޓްތަކުގެ ސަލާމަތާއި ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި މީގެ ތުރެޑްސް އަށް އޮންނަ އިތުބާރު ބޮޑުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒަކަބާގް ވިދާޅުވީ މިކަމަށް ތުރެޑްސް ބޭނުންކުރާ މީހުންގެ އެއްބާރުލުން ލިބޭނެކަމާ މެދު ޝައްކެއް ނެތް ކަމަށާއި ބޭނުން ވަނީ ތުރެޑްސް ކޮމިއުނިޓީ ވަރުގަދަކުރަން ކަމަށެވެ. އެހެންވެ އަޅާ ކޮންމެ ފިޔަވަޅަކީ އެ ވިސްނުމުގައި ކުރާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.