މިރޭ 19:30 ހާއިރު ހިތަދޫ ބޮޑުމަގުގައި ހުންނަ "މާހެރެ ކެފޭ" ކުރިމަތީ ހިނގި ނުރައްކާތެރި އެކްސިޑެންޓް ގައި އަނިޔާވި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު މަގުން ދެ ކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލު ޖެހި ހިގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ސ. ހިތަދޫ ، މުހައްމަދު އަތީފް، ކަނީރުގެ (33އ)އެވެ.

މަންޒަރު ދުށްމީހަކު "އައްޑޫލައިވް"އަށް ބުނި ގޮތުގައި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާވެފައިވާ އިރު އަޠީފް ހޮސްިޓަލަށް ގެންދިޔައިރުވެސް ހޭނާރާ ކަމަށެވެ.

މިހާދިސާގައި އަނެއް ދެ މީހުންނަށް ސީރިއަސް ގެއްލުމެެއް ލިބިފައި ނުވާކަމަށް މައުލޫމާތު ލިބެއެވެ.
ތަފްސީލް އަންނަނީ…..