Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހޯރަފުށިން ރައީސަށް ހޫނު މަރުހަބާއެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. ހޯރަފުއްޓަށް ވަޑައިގަތުމުން ހޫނު މަރުހަބާއެެއް ކިޔައިފިއެވެ.

ދެވަނަ ދައުރެއް ހޯއްދެވުމަށް ރައީސް ސޯލިހް ރިޔާސީ އިންތިހާބުގެ ކެމްޕޭން ފައްޓަވާ އަތޮޅުތަކަށް ދަތުރުކުރައްވަމުން ގެންދަވާއިރު، މިއަދު ހޯރަފުއްޓަށް ވަޑައިގަތުމުން އެރަށުން ވަނީ ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް ވަނީ ށ. އަތޮޅުގެ ރަށްތަކަށް، އަދި މ. އަތޮޅާއި ވ. އަތޮޅުގެ ރަށްތަކަށްވެސް ވަޑައިގެންފައެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާއެކު ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭއެވެ.