Last Updated: June 19, 18:13
Friday, June 19, 2026
ޚަބަރު

މާފަރަށް ކަސްޓަމްސްގެ އޮފީސް އިމާރާތެއް

އެއާޕޯޓެއް ހިނގަމުން އަންނަ ނ. މާފަރުގައި ކަސްޓަމްސްގެ އޮފީސް ޢިމާރާތެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ.

އިއްޔެ އެ މަސައްކަތް ކަސްމަޓްސް އިން ހަވާލުކުރީ ފިއުޗާ ހޯމް ކިޔާ ކުންފުންޏަކާ އެވެ. ކަސްޓަމްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ. ފިއުޗާ ހޯމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އޮޕަރޭޝަން މެނޭޖަރު އަލީ ޢަބްދުﷲ އެވެ.

މާފަރު ކަސްޓަމްސް އޮފީސް އިމާރާތް ހަވާލުކުރީ މަސައްކަތް ފަށާތާ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއަށް 6.7 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި މަސައްކަތުގެ ދަށުން އޮފީސް ހިންގުމަށް ބޭނުންވާ ޖާގައިގެ އިތުރުން އެކޮމަންޑޭޝަން ބްލޮކެއް ވެސް ހަދާނެ އެވެ.