Last Updated: July 24, 06:24
Friday, July 24, 2026
ޚަބަރު

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަކީ ނުރައްކަލެއް

ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދިނުމަކީ އޮތް ނުރައްކަލެއް ކަމަށް ޝޭޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އަދާޅަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަދި ފަތުވާ މަޖިލީހުގައި ވެސް އިންނަވާ ޝޭހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަހަކަށް އައިސް އަދާލަތު ޕާޓީ އާ ސަރުކާރާ ދެކޮޅަށް ހަރުކަށި ފިކުރުގެ ވިސްނުމުގެ ފަރުދުން އެބަ ކުރިއަށް ނެރޭ ކަމަށެވެ.

"ސިޔާސީ މަންފާއަށް ހަރުކަށި ފިކުރަށް ހިތްވަރު ދީ މުސްލިމުން ކާފަރުކުރަމުން ދިއުމަކީ ޤައުމަށް އޮތް ނުރައްކަލެއް." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވަނީ މިފަދަކަންކަން ހުއްޓައިލުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.

ޝޭހް އިލްޔާސް މިފަދައިން ވިދާޅުވިއިރު، ހަރުކަށި ފިކުރާ ދެކޮޅަށް މި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ވެސް ކޮށްފައެވެ.