Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުވައިފި

ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ހއ. ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވައިފިއެވެ.

ރައީސް ސޯލިހް ތުރާކުނު ފުޓްބޯޅަ ދަނޑު ހުޅުވައިދެއްވާފައިވަނީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ތުރާކުނު ފުޓުބޯޅަ ދަނޑަކީ، ޓަރފްއަޅައިގެން ޒަމާނީ ފެންވަރަށް ހަދާފައިވާ ފުޓުބޯޅަ ދަނޑެކެވެ. ފުޓުބޯޅަ ދަނޑު ހުޅުއްވައި ދެއްވުމުގެ ކުރިން، ރައީސް ވަނީ، ތުރާކުނުގައި މި ސަރުކާރުން ޤާއިމްކޮށްދެއްވި ކުޑަކުދިންގެ ޕާކު "އުތުރުވެހި" ވެސް ހުޅުއްވައި ދެއްވާފައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ސޯލިހް އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު، އެ ރަށްރަށުގައި ސަރުކާރުން ހިންގާ ނިންމާފައި ހުރި މަޝްރޫއުތައް އަންނަނީ އިފްތިތާހު ކޮށްދެއްވަމުންނެވެ.