އަފްގާނިސްތާންގައި ހިންގާ އަންހެނުންގެ ސެލޫންތައް ތާލިބާން ސަރުކާރުން ބަންދުކުރަން ފެށުމާ ގުޅިގެން އަންހެނުންތަކެއް ވެރިރަށް، ކާބުލްގެ މަގުތަަށް ނުކުމެ މިއަދު މުޒާހަރާކުރަން ފަށައިފި އެވެ.
އެ ގައުމުގެ އަންހެނުންގެ ސެލޫންތައް ބަންދުކުރަން އެންގީ މިދިޔަ މަހު އެވެ. އެގޮތުން އެތަންތަނުގެ ވިޔަފާރި އެއްކޮށް ހުއްޓައިލަން ދިނީ މަސް ދުވަހުގެ މުހުލަތަކެވެ. އަންހެނުންގެ އެތައް ހައްގުތަކެއް ތާލިބާން ސަރުކާރުން މިހާތަނަށް ނިގުޅައިގެންފައިވާ އިރު، އަންހެނުން އާމްދަނީ ހޯދަން ހިންގާ ސެލޫންތައް ބަންދުކުރަން ފެށުމުން، އެކަމާ ދެކޮޅަށް ފެށި މުޒާހަރާތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ފެން ޖަހައި، ސްޓަން ގަން ވެސް ބޭނުންކޮށްފައިވެ އެވެ.
އޭއެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި މުޒާހަރާގެ ކުރީގެ ސަފަށް ނުކުމެ ތިބި އަންހެނުންގެ ފަންސާހަށް އަރަ އެވެ. މުޒާހަރާ އަށް ނުކުތް މީހުން ވަނީ މަސައްކަތްކުރުމުގެ ހައްގާއި ކާންބޯން ލިބުމުގެ ހައްގާއި އިންސާފު ލިބެން ޖެހޭ ކަމަށް ގޮވައިފަ އެވެ.

އަފްގާނިސްތާންގެ ޗެމްޕާސް އޮފް ކޮމާސް އިން ބުނެފައިވާ ގޮތުގައި އަންހެނުންގެ ސެލޫންތައް ބަންދުކޮށް، އެ ވިޔަފާރި އެއްކޮށް ހުއްޓުވައިފި ނަމަ 60،0000 އެއްހާ މީހުންގެ ވަޒީފާ ގެއްލޭނެ އެވެ.
ހަރުކަށި ތާލިބާނުންގެ އަތްދަށަށް އަފްގާނިސްތާން އަލުން ދިޔައީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.