Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

އަމްޖޭގެ "އުދަބާނި 2" ގެ ޝޫޓިން ފަށައިފި

މިހާތަނަށް ވަރަށް ގިނަ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު އަމްޖަދު އިބްރާހީމް (އަމްޖޭ) ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމު ކަމަށްވާ "އުދަބާނި" ގެ ދެވަނަ ބައިގެ މަސައްކަތް ފަށައިފި އެވެ.

މި ފިލްމުގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް އޭނަގެ ފޭސްބުކްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

"އުދަބާނި 2" ގެ މަސައްކަތް މި ފެށީ، މި ފިލްމު ހަދަން ވާހަކަ ދެކެވޭތާ ވަރަށް ގިނަ ދުވަސް ފަހުންނެވެ. ލޯބީގެ ބިރުވެރިއަކަށް ވާހަކައަކަށް ހެދި "އުދަބާނި" އަކީ އޭގައި މުހިއްމު ރޯލެއް ކުޅުނު އެކްޓަރު ހާމިދު އަލީ ޕްރޮޑިއުސްކޮށް 2009 ގައި ގެނެސްދިން ފިލްމެކެވެ.

ލިޔުންތެރިޔާ މުހައްމަދު ގާސިމުގެ ވާހަކަ "އުދަބާނި" އަށް ހެދި ފިލްމުގެ މައިގަނޑު ރޯލުތައް ކުޅުނު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އާމިރާ އިސްމާއީލްގެ އިތުރުން ހާމިދެވެ.

އަމްޖޭ އެންމެ ފަހުން ގެނެސްދިން ފިލްމަކީ 2018 ގެ ބިރުވެރި ފިލްމު "ރޭވުމުން" އެވެ.