Last Updated: April 28, 18:59
Sunday, April 28, 2024
ދުނިޔެ

ސުޕަކޮމްޕިއުޓަރެއް ހަދަން ބިލިއަން ޑޮލަރު

ޓެސްލާގެ އިލެކްޓްރިކް ވެހިކަލް (އީވީ) ތަކަށް ހާއްސަކޮށްގެން ބިލިއަން ޑޮލަރުގެ ސުޕަކޮމްޕިއުޓަރެއް އުފައްދަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނީގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި އިވެންޓެއްގައި އޭނަ ވިދާޅުވީ ޓެސްލާގެ ތެރޭގައި ކުރިއަށްދާ މި ބޮޑު މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ "ޕްރޮޖެކްޓް ޑޯޖޯ" ގެ ނަމުގައި ކަމަށާއި އަމާޒަކީ އަންނަ އަހަރު ނިމުމުގެ ކުރިން ސުޕަކޮމްޕިއުޓަރު "ޑޯޖޯ" ނިންމުން ކަމަށެވެ.

އީލޮން ވިދާޅުވި ގޮތުގައި މީގެ މައިގަނޑ މަސައްކަތަކަށް ވާނީ ޓެސްލާ އިން އުފައްދާ އީވީތަކުގެ ޑޭޓާތައް ޕްރޮސެސްކުރުމާއި ވީޑިއޯގެ ފެންވަރު ރަނގަޅުކުރުމާއި އީވީތައް އެއްކޮށް އޮޓޮމޭޝަނަށް ގެންދަން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް ކުރުމެވެ.

ޓެސްލާ އަކީ އީވީ އުފެއްދުމުގެ ވިޔަފާރީގައި މިހާރު އެންމެ ނަގާކިޔާ ކުންފުންޏެވެ. އެ ކުންފުންޏަކީ ޓްރިލިއަން ޑޮލަރުގެ އަގުހުރި ކުންފުންޏެއް ވެސް މެ އެވެ.