Last Updated: July 23, 18:20
Friday, July 24, 2026
ޚަބަރު

ތޮއްޑޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހަދަނީ

ރާއްޖޭގައި އެންމެ ފުޅާކޮށް ކަރާ އުފެއްދުމުގެ މަސައްކަތްކުރާ އަދި ދަނޑުވެރިކަން ވަރަށް ފޯރީގައި ކުރަމުން އަންނަ އއ. ތޮއްޑޫގައި ފާމާސް މާކެޓެއް ނުތަތަ ދަނޑުވެރިންގެ މާރުކޭޓެއް ހަދަން ނިންމައި އެ މަސައްކަތްކުރާނެ ބަޔަކު ހޯދަން ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި އޮންނާނެ ކަމަށާއި ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ އަންނަ މަހުގެ 7 ގައި ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު 3330587 އިން ހޯދޭނެ އެވެ.

ތޮއްޑޫގެ ފާމާސް މާކެޓަކީ 5،000 އަކަފޫޓުގެ ތަނެކެވެ. މިއީ އިކޮނޮމިކް މިނިސްޓްރީ އާއި ޔޫންއެންޑީޕީ ގުޅިގެން، ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިންގާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިން ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) ގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ތޮއްޑޫ ފާމާސް މާކެޓަކީ 10 މާކެޓް ކިއޮސްކް ސްޕޭސް ހިމެނޭ ގޮތަށް ހަދާ ތަނެކެވެ.