ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމު މުހައްމަދު ސަން ސިޔާމު) ސިންގަޕޫރަށް ވަޑައުގަތުމުން އެ ގައުމުން އޭނަގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
އެނގިފައިވާ ގޮތުގައި އޭނަގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކުރީ ހިލްޓަން ސިންގަޕޫރުން މިހާރު ތަހުގީގުކުރަމުން އަންނަ ހިލްޓަން މައްސަލައާ ގުޅިގެންނެވެ. މަޝްހޫރު ހޮޓެލް ޗެއިން، ހިލްޓަނަށް 24 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ސިންގަޕޫރު އާބިޓްރޭޝަނުން އޮތީ ސިޔާމްގެ ސަން ޓްރެވަލްސް އަށް އަންގައިފަ އެވެ. އެކަމަކު އެ ފައިސާ އެ ކުންފުނިން ނުދައްކާތީ ހިިލްޓަނުން އޮތީ އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ކުރަން ހުށަހަޅައިފަ އެވެ.
ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަނާ އެކު ހެދި އެއްބަސްވުން ސަން ކުންފުނިން އުވާލީ 2013 ގަ އެވެ.
ސިޔާމް މި ހަފުތާގެ ހޯމަ ދުވަހު ސިންގަޕޫރަށް ވަޑައިގެންނެވ އިރު، ހިލްޓަން މައްސަލަ އެ ގައުމުގެ ހައި ކޯޓުގައި ކުރިއަށް ގެންގޮސް ތިން މަސް ތެރޭގައި ފައިސާ ދައްކަން އޮތީ އަންގައިފަ އެވެ.
ސިޔާމަކީ މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ކޯލިޝަން ބައިވެރިންގެ ތެރޭގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޑިވެލޮޕްމަންޓް (އެމްޑީއޭ) ގެ ލީޑަރެވެ.