Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

މި އަހަރުގެ ޖީއެމް ފޯރަމް އޮކްޓޯބަރުގައި

މި އަހަރުގެ ޖެނެރަލް މެނޭޖާސް (ޖީއެމް) ފޯރަމް އޮކްޓޯބަރުގައި ބާއްވަން ނިންމައިފި އެވެ.

ފޯރަމް މި ފަހަރު ބާއްވަން ހަމަޖެހިފައި ވަނީ އެ މަހުގެ 19 ގައި ބަނޑޮސް އައިލޭންޑް ރިސޯޓްގަ އެވެ.

ހޮޓެލިއާ މޯލްޑިވްސް އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގެ މި އަހަރުގެ ޝިއާރަކީ "އިނޮވޭޝަން އެންޑް ޓެކްނޮލަޖީ ފޮ ސަސްޓެއިނެބިލިޓީ" އެވެ. މީގެ ދަށުން ދެމެހެއްޓެނިވިކޮށް ޓޫރިޒަމް ދާއިރާގެ މަސައްކަތްތައް ބައްޓަންކުރާނެ ގޮތާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ އެވެ.

ޖީއެމް ފޯރަމް ބާއްވަމުން އަންނަނީ 2016 އިން ފެށިގެންނެވެ.