Last Updated: July 15, 18:06
Wednesday, July 15, 2026
ދީން

އާ އަހަރާ ގުޅުވައި ގެފުޅުގެ އުރަކޮޅު ބަދަލުކޮށްފި

އިއްޔެ ފެށުނު ހިޖުރީ އާ އަހަރާ ގުޅުވައިގެން މާތްވެގެންވާ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ ރޭ ބަދަލުކޮށްފި އެވެ

އާ އަހަރާ ގުޅުވައި ކިސްވާ ބަދަލުކުރަން ފެށީ މިދިޔަ އަހަރުން ފެށިގެންނެވެ. އޭގެ ކުރިން ކިސްވާ ބަދަލުކުރުން އޮންނަނީ ހައްޖު މޫސުމާ ދިމާކޮށެވެ. އެގޮތުން ހައްޖު ދުވަހު ބަދަލުކުރާ އުރަކޮޅު ދެން ބަދަލުކުރަނީ ޖެހިގެން އަންނަ އަހަރުގެ ހައްޖު ދުވަހު އެވެ.

ދެ ހަރަމްފުޅުގެ އިންތިޒާމްތަކާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި ހިޖުރީ އާ އަހަރު ފެށުމާ ދިމާކޮށް ކިސްވާ ބަދަލުކުރާ ގޮތަށް ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ގަރާރަކުންނެވެ.

އުރަކޮޅުގެ ބައިތައް ފަސް ބަޔަކަށްވާ ގޮތަށް ގުޅުވާލައި ގެފުޅުގައި އަޅުވަނީ ލޮއެގެ ބޮޅުތަކެއް ބޭނުންކޮށްގެންނެވެ. މި އުރަކޮޅު ހަދަން ގާތްގަނޑަކަށް 670 ކިލޯގެ ރޯ ސިލްކާއި ކަޅުކުލައިގެ ދެލި ބޭނުންކުރެ އެވެ. އުރަކޮޅު ޒީނަތްތެރިކުރަނީ 21 ކެރަޓްގެ ރަނުގެ 120 ކިލޯގެ ބަރަނިން ގުރުއާނުގެ އާޔަތްތައް ފޮތިގަނޑުގައި ވިޔެގެންނެވެ.

އުރަކޮޅުގެ ބަރުދަނުގައި 850 ވަރަކަށް ކިލޯ ހުރެ އެވެ. އަދި ތައްޔާކުރަން ކޮންމެ އަހަރަކު ވެސް 52 މިލިއަން ރިޔާޟް (6.5 މިލިއަން ޑޮލަރު) ހޭދަކުރެ އެވެ.