Last Updated: June 28, 18:47
Sunday, June 28, 2026
ޚަބަރު

އެއް މެގަ ވޯޓް އިންޖީނެއް އައްޑޫއަށް ގެނެސްފި

އައްޑޫގެ ބޮޑު ބަޔަކަށް ކަރަންޓް ދޭ މަރުކަޒީ އިންޖީނުގެ: ކަރަންޓްގެ ހާލަތު ވަރަށް ދަށް. ފޮޓޯ/ ފެނަކަ ކޯޕަރޭޝަން

އައްޑޫގެ ގުޅިފައިވާ ރަށްތަކުން ދޭތެރެ ދޭތެރެެއިން ކަރަންޓް ކެޑޭ މައްސަލަ ހައްލު ކުރުމުގެ ގޮތުން އެއް މެގަ ވޯޓްގެ އިންޖީނެއް އައްޑޫއަށް ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ އޮފިޝަލަކު ވިދާޅުވީ، އިންޖީނު ގެނެސް އިންސްޓޯލް ކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ޖަނަރޭޓަރު އިންސްޓޯލްކޮށް ކަރަންޓް ދެވެން ފެށުމުން އައްޑޫގެ ގުޅިފައިވާ ރަށްރަށަށް ދިމާވަމުން އަންނަ ކަރަންޓްގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ލިބޭނެކަމަށެވެ.

އައްޑޫ މަރުކަޒީ އިންޖީނުގޭގެ އިންޖީނުތައް ބަރާބަރަށް މަރާމާތު ނުކުރެވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެޑުމުގެ މައްސަލަ ބޮޑުވެ ފެނަކަ ކޯޕަރޭޝަނަށް ވަނީ ބޮޑެތި ފާޑުކިއުންތައް އަމާޒްވެފައެވެ.