އަންހެނުންގެ ވޯލްޑް މިއަދު ފަށަން ފީފާ އިން ތައްޔާރުވެއްޖެ އެވެ.
އޮސްޓްރޭލިއާ އާއި ނިއު ޒީލޭންޑުން ހޯސްޓްކުރާ މުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަމައަށެވެ. ޖުމްލަ 32 ގައުމަކުން ވާދަކުރާ މުބާރާތުގެ މެޗްތައް ދެ ގައުމުގެ ނުވަ ސިޓީއެއްގެ 10 ސްޓޭޑިއަމެއްގައި ކުރިއަށް ގެންދާނެ އެވެ. މި ފަހަރު އަލަށް 32 ޓީމާ އެކީ މުބާރާތް ބާއްވާ އިރު، މުޅިން އަލަށް މުބާރާތުގައި 8 ގައުމަކުން ވެސް ވާދަކުރެ އެވެ. އެއީ މޮރޮކޯ، ޕެނަމާ، ރިޕަބްލިކް އޮފް އަޔަލެންޑް، ވިއެޓްނާމް، ޒެމްބިއާ، ހެއިޓީ، ފިލިޕިންސް އަދި ޕޯޗުގަލް އެވެ.
އެގޮތުން މިއަދު މުބާރާތް ފަށާނީ ނިއު ޒީލެންޑްގެ އޯކްލެންޑްގެ އީޑެން ޕާކްގައި ކުޅޭ މެޗުންނެވެ. އެ މެޗްގައި ކުޅޭނީ ނިއު ޒީލޭންޑާއި ނޯވޭ އެވެ.
މި އަހަރުގެ އަންހެނުންފެ ވޯލްޑް ކަޕަކީ ފީފާ އިން ބާއްވާ މީގެ 9 ވަނަ މުބާރާތެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަނަކީ އެމެރިކާ އެވެ.