Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާރަންދޫ އާ ފެނަކަ އޮފީސް ހުޅުވައިދެއްވައިފި

ފޮޓޯ: ފެނަކަ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ހއ. މާރަންދޫ ފެނަކަ އާ އޮފީސް ހުޅުވައިދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ރައީސް ސޯލިހް ވަނީ ހއ. މާރަންދޫ އަށް ވަޑައިގެންފައެވެ. އަދި މާރަންދޫ ފެނަކަ އާ އޮފީސް ހުޅުއްވައިދެއްވައިފައިވެއެވެ.

މި އާ އޮފީހަކީ 30 މުވައްޒަފުން އެކަމަޑޭޓް ކުރެވޭނެ އޮފީހެކެވެ. މި އޮފީހުގައި ރިސެޕްޝަން، ލޮބީ، މީޓިންގ ރޫމް، މެނޭޖަރ ރޫމް، ޓެކްނިކަލް ސްޓާފް ރޫމް، ރެސްޓް ރޫމް، ޕޭންޓްރީ އަދި ފާހާނާ ހުންނާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.

ރައީސް ސޯލިހް ކެމްޕޭނަށް އެކި ރަށްރަށަށް ވަޑައިގަންނަވާއިރު އަންނަނީ އެ ރަށްރަށުގައި ސަރުކާރުން ހިންގާފައި ހުންނަ މަޝްރޫއުތައްވެސް އިފްތިތާހު ކޮށްދެއްވަމުންނެވެ.