Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މާރަންދޫ އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވައިފި

ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހއ. މާރަންދޫ އެމްޑީޕީ ޖަގަހަ ހުޅުއްވައިދެއްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސް ސޯލިހް ހއ. މާރަންދޫއަށް މިއަދު ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ ޖަގަހަ ހުޅުވައި ދެއްވިއިރު، ރައީސް ވަނީ އެރަށުގައި އެމަނިކުފާނުގެ ސަޕޯޓަރުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެއިތުރުން ރައީސް ސޯލިހް ވަނީ އެރަށުގައި މިސަރުކާރުން ނިންމި އެރަށުގެ ފެނަކަ އާ އޮފީސް އިމާރާތްވެސް ހުޅުވައިދެއްވައިފައެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ރައީސް ސޯލިހް ވާދަކުރައްވާއިރު، އެމަނިކުފާނާ މި އިންތިހާބުގައި ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީ އަދި އެމްޑީއޭ އިންނެވެ.