Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ނާޒިމް ކެމްޕޭނަށް ވ. އަތޮޅަށް

ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި ވާދަކުރައްވާ އެޕާޓީގެ ރައީސް މުހައްމަދު ނާޒިމް ކެމްޕޭނަށް ވ. އަތޮޅަށް ވަޑައިގެންފިއެވެ.

ނާޒިމް ކެމްޕޭނަށް ވ. އަތޮޅަށް ވަޑައިގެންފައިވާއިރު ވ. ފުލިދޫގައި އަންނަނީ ދޮރުން ދޮރަށް ހިންގަވާ ސަޕޯޓަރުންނާ ބައްދަލުކުރައްވަމުންނެވެ.

ނާޒިމް މިފަހުން ވަނީ ކެމްޕޭނަށް ހދ. އަތޮޅުގެ ރަށްތަކަށް ވެސް ދަތުރުކުރައްވާފައެވެ. "އުޖާލާ ޒަމާން"ގެ ނަން ދީފައިވާ އެމްއެންޕީގެ މެނިފެސްޓޯއާއެކު ނާޒިމްގެ ކެމްޕޭން ހަރަކާތްތައް އަންނަނީ މާލެއާއި ރަށްރަށުގައި ކުރިއަށް ގެންދަމުންނެވެ.

ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމްއެންޕީގެ ރިޔާސީ ޓިކެޓުގައި ނާޒިމް ވާދަކުރައްވާއިރު އެންމެނަށް އެއްބަސްވެވޭ އެއް ކެންޑިޑޭޓެއް އިންތިހާބަށް ނެރުމުގެ މަޝްވަރާތަކުގައިވެސް ނާޒިމް ވަނީ ބައިވެރިވެޑައިގެންފައެވެ.