Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ދެވަނަ އިންސްޕެކްޓަ ކޯސް ނިންމާލައިފި

ފުލުހުންގެ ދެވަނަ އިންސްޕެކްޓަރ ކޯސް 41 ފުލުހަކު ނިންމައިފި / ފޮޓޯ: ޕޮލިސް

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ފުލުހުންގެ ދެވަނަ އިންސްޕެކްޓަރ ކޯސް ނިންމި 41 ފުލުހަކަށް ސެޓްފިކެޓް ހަވާލުކޮށްފިއެވެ.

ފުލުހުންގެ އިންސްޕެކްޓަރ ކޯހަކީ ފުލުހުންގެ ތެރެއިން އިދާރީ ހިނގުމަށް ފުލުުހުން ޕްރޮމޯޓް ވުމުގެކުރިން ލިބެންޖެހޭ ތަމްރީނާއި ތަޖުރިބާ ދިނުމަށް ހިންގި ކޯހެކެވެ. މި ކޯސް މިފަހަރު 41 ފުލުހެއް ވަނީ ފުރިހަމަ ކޮށްފައެވެ. އެއީ 35 ފިރިހެން ފުލުހުންނާއި 6 އަންހެން ފުލުހުންނެވެ.

މި ކޯހުގެ ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މި ކޯސް ނިންމި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ކޯސް ނިންމާ ރަނގަޅު ނަތީޖާއެއް ހޯދާ ފުލުހުންނަށް ހާއްސަ ސްކޮލާޝިޕް ޕްރޮގްރާމެއް ތަޢާރަފް ކުރަން ނިންމާފައިވާ ކަން ވަނީ ހާމަކޮށްފައެވެ. މީގެ ސަބަބުން ބޭރުގެ ޤައުމުތަކުގައި އިތުރު ތަމްރީނު ހޯދުމަށާއި، މަސައްކަތް ކުރުމަށް ފަހި ފުރުސަތުތައް ލިބިގެންދާނެއެވެ.

ފުލުހުންގެ ދެވަނަ އިންސްޕެކްޓަރ ކޯސް 41 ފުލުހަކު ނިންމައިފި / ފޮޓޯ: ޕޮލިސް

މެއި 17 އިން ޖުލައި 19 އަށް ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯހުގައި ފުލުހުންގެ ގާނޫނުނާއި ފުލުހުންނާ ގުޅުންހުރި އެހެނިހެން ގާނޫނުތައް، ޑިވެލޮޕިންގ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ސްކިލްސް، ސެކިއުރިޓީ އެންޑް އޮޕަރޭޝަނަލް ސްޓަޑީޒް އަދި ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން ސްޓަޑީޒް ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ.

އިންސްޕެކްޓަރ ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝަހީދުއެވެ. ކޯހުން ދެވަނަ އަށް ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އާމިނަތު އަލީ ހޮވިފައިވާއިރު ތިންވަނަ އަށް ހޮވިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ޝަޒީނާ ސައީދުއެވެ.

ފުލުހުންގެ ދެވަނަ އިންސްޕެކްޓަރ ކޯސް 41 ފުލުހަކު ނިންމައިފި / ފޮޓޯ: ޕޮލިސް

ފުލުހުންގެ ދެވަނަ އިންސްޕެކްޓަރ ކޯސް ފުރިހަމަ ކުރި ފުލުހުން ދަސްވެނިވި އިރު، މިއީ އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖު ހުޅުވުމަށްފަހު އެންމެ ފުރަތަމަ ފެށި ކޯސްތަކުގެ ތެރޭ ހިމެނޭ ކޯހެކެވެ. މި ކޯހުގެ ފުރަތަމަ ބުރު 48 ފުލުހަކު ދަސްވެނިވިއެވެ.