Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

ރާޖާއި ވާނީ ލޯބީގެ ފިލްމަކަށް

މިހާތަނަށް އަދި އެކީގައި ފިލްމެއް ކުޅެފައި ނުވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ރާޖްކުމާރު ރާއޯ އާއި ވާނީ ކަޕޫރް ލޯބީގެ ފިލްމަކަށް ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ

ޕިންކްވިލާ އިން ބުނި ގޮތުގައި މިދިޔަ މާޗް މަހު ރިލީޒްކުރި ރާޖްގެ "ބީޅް" ގެ ޑައިރެކްޓަރު އަނޫބަވް ސިންގާ ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ނޫހުން ބުނި ގޮތުގައި "ބަޗްޕަން ކާ ޕިޔާރު" ގެ ނަން ދީފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ 2020 ގެ ރޮމޭންޓިކް ކޮމެޑީ "ޗަމަން ބަހާރު" ގެނެސްދިން އަޕޫރްވާ ދާރު އެވެ.

"ވޯ" އާއި "ބޭފިކްރޭ" އަދި "ބެލް ބޮޓަމް" ފަދަ ފިލްމުތަކުން ފެނިފައިވާ ވާނީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޝަމްޝޭރާ" އެވެ.

ނެޝަނަލް އެވޯޑް ހޯދާފައިވާ ރާޖަކީ ބޮލީވުޑްގެ މިހާރުގެ ޒުވާން އެކްޓަރުންގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ބިޒީ އެކެކެވެ.