Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

"ޕްރޮޖެކްޓް ކޭ" އަކީ "ކަލްކީ"

މިހާތަނަށް "ޕްރޮޖެކްޓް ކޭ" ގެ ނަމުގައި މަސައްކަތް ކުރަމުން އައި ފިލްމުގެ ނަން ރަސްމީކޮށް އިއުލާންކޮށްފި އެވެެ.

އެމެރިކާގެ ސެން ޑިއޭއޯގައި މިހާރު ކުރިއަށްދާ ހޮލީވުޑްގެ ބޮޑު އިވެންޓް ކޮމިކް-ކޮންގައި ރޭ އިއުލާންކުރި މި ފިލްމުގެ ނަމަކީ "ކަލްކީ" އެވެ. އަދި މީގެ ޓީޒާއެއް ވެސް ދައްކާލައި، އަންނަ އަހަރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ބުނެފައިވެ އެވެ. އެކަމަކު އަދި ސީދާ ވަކި ތާރީހެއް ނުނިންމަ އެވެ.

"ކަލްކީ" ޓީޒާ އިން ފެންނަ ގޮތުގައި މިއީ އަނެއްކާ ވެސް އިންޑިއާގެ ސިނަމާ އަށް އަންނަ ވަރަށް ތަފާތު ފިލްމަކަށް ވާނެ އެވެ. މި ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮތީ 2898 އޭޑީއަށެވެ. އެހެންވެ މުސްތަގުބަލުގައި ހިނގައިފާނެ ކަމަށް ބެލެވޭ ހާދިސާތަކެއް ދައްކުވައިދޭނެ އެއްޗެކެވެ.

ކުޅަދާނަ ތެލެގޫ ޑައިރެކްޓަރު ނާގު އަޝްވިން ލިޔެ، ޑައިރެކްޓްކޮށް އެޕިކް ސައިންސް ފިކްޝަންއެއްގެ ގޮތުގައި ގެނެސްދޭ "ކަލްކީ" ގެ މައިގަނޑު ތަރިންނަކީ ޕްރަބާސް އާއި ދީޕިކާ ޕަދްކޯން އާއި ކަމަލް ހަސަނާއި އަމީތާބް ބައްޗަންގެ އިތުރުން ޑިޝާ ޕަޓާނީ އެވެ.

މި ފިލްމަކީ 600 ކްރޯޑް ރުޕީސް 73 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދާ އެއްޗެކެވެ.