Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ބޯކޮށް ވާރޭ ވެހި މާލޭގައި ފެންބޮޑުވެއްޖެ

ވެރިރަށް މާލެ އަށް މިއަދު ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ އެވެ.

މިއަދު ހެނދުނު 8:00-9:00 އާ ދޭތެރޭ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ގިނަ މަގުތަކުގައި ފެންބޮޑުވެ، ހިނގާ މީހުންނާއި ދުއްވާ އެއްޗިއްސަށް ވެސް މިކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފަ އެވެ.

މާލޭގެ މަގުތައް ރާއްޖޭގެ އެހެން ރަށްތަކުގެ މަގުތަކާ ހިލާފަށް ފެންވަރު ރަނގަޅުކޮށް ހަދައި ބަލަހައްޓަމުން ގެންދިޔަ ނަމަވެސް ބޯކޮށް ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވެ، ފެން ނުހިނގި ގިނަ އިރުވާ މައްސަލަ އަބަދު ވެސް ބޮޑެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި މިއަދާއި މާދަމާ ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ އެވެ.