Last Updated: July 25, 11:51
Saturday, July 25, 2026
މުނިފޫހިފިލުވުން

ޓައިގާ އާ ވީޑިއޯ ލަވައެއް

ބޮލީވުޑްގެ އެކްޓަރު ޓައިގާ ޝްރޮފްގެ އަޑުން ކިޔައި، ކުޅެފައިވާ އާ ވީޑިއޯ ލަވައެއް މިއަދު އާންމުކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒްގެ ތައްގަނޑުގައި ނެރުނު ލަވައިގެ ނަމަކީ "ލަވް ސްޓީރިއޯ އެގެއިން" އެވެ. އެޑްވަޑް މާޔާގެ މިއުޒިކަށް ހަދާފައިވާ ލަވަ ކިޔާފައި ވަނީ ޓައިގާ އާއި މިހާރު ބޮލީވުޑްގައި އަރަމުން އަންނަ ލަވަކިޔުންތެރިޔާ ޒަހްރާ އެސް އެސް ޚާނެވެ. އޭނަ ކިޔާފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި ނޯރާ ފަތުހީގެ ނެށުންތަކެއް ފެނިގެންދާ "ސުކޫ ސުކޫ" ހިމެނެ އެވެ.

"ލަވް ސްޓީރިއޯ އެގެއިން" ގެ ވީޑިއޯ އިން ޓައިގާއާ އެކީ ޒަހްރާގެ އިތުރުން އެޑްވަޑް ވެސް ފެނިގެން ދެ އެވެ.

މީގެ ކުރިން ޓައިގާގެ އަޑުން ރެކޯޑް ކުރި ދެ ލަވައެއް ވީޑިއޯއާ އެކު ނެރެފައިވެ އެވެ.

ބޮލީވުޑްގެ މިހާރުގެ އެންމެ ވަރުގަދަ އެކްޝަން ތަރީގެ ގޮތުގައި ފާހަގަކޮށްލެވޭ ޓައިގާގެ ކުރިއަށް އޮތް ފިލްމަކީ އޮކްޓޯބަރުގައި ގެނެސްދޭން ހަމަޖެހިފައިވާ "ގަނަޕަތު: ޕާޓް 1" އެވެ.