Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

މިނިވަން ދުވަހާ ގުޅުވައި އައްޑޫގައި ފްލޯޓް ހަރަކާތެއް

މި އަހަރުގެ މިނިވަން ދުވަސް ފާހަގަކުރަން އައްޑޫގައި ހިންގާ ހަރަކާތްތަކުގެ ތެރޭގައި ފްލޯޓްތަކެއް ދައްކައިލުމުގެ ހަރަކާތެއް ވެސް އޮންނާނެ ކަމަށް ކައުންސިލުން ބުނެފި އެވެ.

އެ ހަރަކާތް އޮންނާނީ މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ހިތަދޫ ސިޓީ ސްކެއާގައި 9:30 ގަ އެވެ. އެ ހަރަކާތުގެ ކުރިން އެތަނުގައި އެރޭ ސްކޫލް ކުދިންގެ ހަރަކާތްތަކެއް ވެސް އޮންނާނެ އެވެ. އަދި 27 ވަނަ ދުވަހުގެ ރޭ 11:30 ގައި ސިޓީ ސްކެއާގައި ހަވާ އެރުން ވެސް އޮންނާނެ އެވެ.

މި މަހުގެ 26 ގައި ފާހަގަކުރާ މިނިވަން ދުވަހުގެ އައްޑޫ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް އޮންނާނީ އެ ދުވަހުގެ ހެނދުނު 6:00 ގައި ސިޓީ ސްކެއާގައި ދިދަ ނެގުމެވެ. އަދި މިނިވަން ދުވަހުގެ ޖަލްސާ އެ ދުވަހުގެ ހެނދުނު 9:00 ގައި އައްޑޫ ހައި ސްކޫލްގައި އޮންނާނެ އެވެ.

ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރުގެ މިނިވަން ދުވަސް އެންމެ ފޯރި ގަދަކޮށް ފާހަގަކުރާ އެއް ސިޓީ އަކީ އައްޑު އެވެ.