Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޒުވާނުންގެ ގޮންޖެހުންތަކަށް ބޭނުމީ ތަޖުރިބާހު ރި ވެރިއެއް

ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހިމް-

ޒުވާނުންނަށް ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނީ ހިންގުމުގެ ތަޖުރިބާހުރި ވެރިއަކަށް ކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ޖޭޕީން ޒުވާނުންނަށް ހާއްސަކޮށްގެން އިވެންޓެއް ބާއްވާފައިވާއިރު ޤާސިމް ކުރެއްވި ޓްވީޓެއްގައިވަނީ އެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ޒުވާނުންގެ ވޯޓު ވަރަށްވެސް މުހިންމު ކަމަށެވެ.

ޤާސިމް ވިދާޅުވީ ޒުވާނުންނަށް ދިމާވެފައިވާ އެކިއެކި ގިންޖެހުންތަކުން އަރައިގަނެވޭނީ ގައުމު ހިންގުމުގެ ތަޖުރިބާހުރި ވެރިއަކު ގައުމުގެ ރައީސް ކަމަށް އިސްކޮށްގެން ކަމަށެވެ.

ސެޕްޓެމްބަރު 9 ވަނަ ދުވަހު ބާއްވާ ރިިޔާސީ އިންތިހާބަށް ޤާސިމް ކެމްޕޭން ކުރައްވަމުން ގެންދަވާއިރު، ޒުވާނުންނަށް ހާއްސަކޮށްގެން އެކި ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

މީގެއިތުރުން ޤާސިމް އިސްވެ ހުންނަވާ އަންނަނީ އެއްބަސްވެވޭ 1 ކެންޑިޑޭޓެއް އިންތިހާބަށް ނެރުމަށް ކުރަންޖެހޭ މަޝްވަރާތައްވެސް ކުރައްވަމުންނެވެ.