ސަރުކާރުން ދިން ހުއްދައިގެ ދަށުން ސިންގަޕޫރުން ބޭސް ފަރުވާ ހޯދަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިވަޑައިގެންފި އެވެ.
އަދީބުގެ ފަރުވާ އަށް ހުއްދަ ދިނީ 10 ދުވަހަށެވެ. އަދި އޭނަ ސިންގަޕޫރަށް ވަޑައިގެންނެވީ މި މަހުގެ 12 ގަ އެވެ. ދިހަ ދުވަހުގެ މުއްދަތު މިއަދަށް ހަމަވާތީ، ފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދިފައިވާތީ އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވެމުން އަންނަ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުންޏެވެ. އެހެންވެ އަދި އެކަމާ އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އަދީބު ފަރުވާ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަން ހުއްދަ ދިނީ ނާރުގެ ސީރިއަސް ބައްޔަކާ ގުޅިގެން، ހާލު ދެރަވެ، އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ.