Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕްރައިމަރީއަށް އިލްޔާސް ފޯމް ހުށަހަޅައިފި

ފޮޓޯ: އަހްމަދު އަންވަރު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފޯމު ހުށަހަޅުއްވައިފިއެވެ.

ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީ އޮންނާނީ މި މަހުގެ 28 ގައި ކަމަށެވެ. ޕްރައިމަރީ އަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 22 ގެ ނިޔަލަށެވެ.

މިހާތަނަށް މި ޕްރައިމަރީއަށް ވާދަކުރައްވާފައިވަނީ އިލްޔާސް ލަބީބް އެކަންޏެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދުގެ އަރިސް ބޭފުޅުން "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި ޕާޓީއެއް އުފައްދަން މަސައްކަތް ފެށުމާއެކު އެމަނިކުފާނު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި ޑިމޮކްރެޓްސްގެ ޕްރައިމަރީގައި ވާދަ ނުކުރައްވާނެކަން ރައީސް ނަޝީދު ހާމަކުރައްވާފައިވެއެވެ.