ނުވަދިހައިގެ ތެރޭގައި ޓީވީއެމުން ގެނެސްދިން ކޮމެޑީ ބައެއް ޕްރޮގްރާމްތަކުން އާންމުންގެ މަގުބޫލުކަން ހޯދި އެކްޓަރު އަހުމަދު ޝާހިދު ހަލީމު މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 72 އަހަރުގައި އޭނަ ނިޔާވީ ބަލިވެއުޅޭތާ ދުވަސްތަކެއް ފަހުންނެވެ. ޝާހިދުގެ ޖަނާޒާ މިއަދު މަޢުރިބު ނަމާދަށް ފަހު ހުޅުމާލޭގެ މަސްޖިދުލް ޒައިދު ބިން ސާބިތުގައި އޮންނާނެ އެވެ.
ޝާހިދު ފެނިފައިވާ އެންމެ މަޝްހޫރު އެއް ޕްރޮގްރާމަކީ "ބަހަބަރު" އެވެ. އަދި އޭނަ އަކީ 80 ގެ ތެރޭގައި ގިނަ ސްޓޭޖް ތަމްސީލުތަކެއް ވެސް ކުޅުނު އެކްޓަރެކެވެ. އަދަބިއްޔާތަށް ވެސް ގިނަ ހިދުމަތްތަކެއް ކުރި ޝާހިދަށް މުނިފޫހިފިލުވުމުގެ ރޮނގުން އާންމު ހިދުމަތުގެ އިނާމު ލިބިފައިވެ އެވެ.