Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ވަރިވާން ދިޔަ އަންހެނަކަށް ގުޅި ގާޒީ ސަސްޕެންޝަން ދަމަހައްޓައިފި

މެޖިސްޓްރޭޓް އަލީ އާދަމް --

ވަރިވާން ދިޔަ އަންހެނަކަށް ގުޅައި މެސެޖް ކުރި ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް، އަލީ އާދަމްގެ ސަސްޕެންޝަން ދަމަހައްޓަން ޖުޑީޝަލް ސާވިސް ކޮމިޝަނުން (ޖޭއެސްސީ) ނިންމައިފިއެވެ.

މިމައްސަލާގައި ޖޭއެސްސީން ބުނެފައިވަނީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އަލީ އާދަމްގެ ބަޔާން ނެގިފައިވާ ކަމަށެވެ. އަދި މި ބަޔާނާއި، މައްސަލައިގެ ބާވަތަށާއި، ތަހުޤީގަށް ހޯދިފައިވާ މައުލޫމާތަށް ބަލައި، ޝަރުޢީ ދާއިރާގެ އަސާސް ނެގެހެއްޓުމުގެ މައްޗަށް ބިނާކޮށް، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަން ދެން، އެކޮމިޝަނުގެ ޤާނޫނުގެ ދަށުން 24 ޖުލައިން ފެށިގެން ސަސްޕެންޑް ކުރެވިފައެވާ ކަމަށެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ ބައްދަލުވުމުގައި ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މި މައްސަލާގައި އޭނާ އެންމެ ފުރަތަމަ ސަސްޕެންޑް ކުރީ މިދިޔަ މޭއި މަހުގެ 25 ވަނަ ދުވަހު އެވެ. އޭރުން ފެށިގެން މިހާތަނަށް އޭނާ ވަނީ ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް އަންގާފައެވެ.