Last Updated: June 7, 06:04
Sunday, June 7, 2026
ޚަބަރު

ޔާމީނާ ބައްދަލުކުރަން ފުރުސަތު ނުދިނީ އިމްރާން އަންގައިގެން

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން އެމަނިކުފާނުގެ ވަކީލުންނާއެކު--

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލު ކުރުމަށް ދިއުމުން އެކަމަށް ހުރަސް އެޅީ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަންގައިގެން ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ޕީޕީއެމްއިން މިހެން ބުނެފައިވަނީ މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލުކުރަން އެ މަނިކުފާނުގެ ޤާނޫނީ ވަކީލުން ދިއުމުން އެ ފުރުސަތު ނުދިން ކަމަށް ބުނެއެވެ. ޕީޕީއެމްއިން ބުނީ، ވަކީލުންނަށް ބައްދަލުކުރަން ވަގުތު ދިނުމަށް ފަހު، މާފުއްޓަށް ދިއުމުން އެކަން ހުއްޓުވީ ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ގެ އެންގެވުމަށް ކަމަށެވެ. އަދި މި ބައްދަލުވުމަށް ހުރަސް އަޅާފައިވާތީ އެ ޕާޓީން ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ.

މިކަމާއި ގުޅިގެން ރައީސް ޔަމީންގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދާވާ ކުރީގެ ނައިބް ރައީސް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ފައިލްތައް ބަލަން އޮފިސަރުންނަށް އަންގާފައިވާ ކަަމަށާއި، ދުސްތޫރީ މައްސަލައިގެ ލިއެކިއުން ބަލަން މަސައްކަތް ކުރާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ.


މީގެ އިތުރުން މިއަދު ބައްދަލުވުމަށް ހުރަސް އެޅުމުން ބިރުގަނެފައިވާ ވަރު އެނގޭ ކަމަށް ވިދާޅުވެ، ޑރ. ޖަމީލް ވަނީ ވަކީލުންގެ ވަކީލާއި މުވައްކިލްގެ ދުސްތޫރީ ހައްޤަކީ ހޯމް މިނިސްޓަރ ބޭނުންވާ މިންވަރަށް އޮންނަ އެއްޗެއްތޯ ސުވާލު އުފައްދަވާފައެވެ.


ރައީސް އަބްދުﷲ ޔާމީން މިވަގުތު ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ވ. އާރަށު މައްސަލާގައި ކްރިމިނަލް ކޯޓުގައި މައްސަލަ ސާބިތުވެފައިވާއިރު، އެ މައްސަލައިގެ އިސްތިއުނާފު ހައިކޯޓުގައި ކުރިއަށް އެބަދެއެވެ. ނަމަވެސް ފަނޑިޔާރަކު ޗުއްޓީގައި ހުރުމުން މައްސަލަ ވަނީ މަޑުޖެހިފައެވެ.

މިވަގުތު އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު، އެމަނިކުފާނުގެ އިންތިހާބީ ހައްޤަށް އަރައިގަންނަ ކަމަށް ބުނެ އެމަނިކުފާނުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވައްދާފައެވެ.