Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ނޫސްވެރިކަމުގެ އިނާމަށް އަލުން މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅަން ދިން މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި އެވެ.

ކުރިން ދިން މުއްދަތު މި މަހުގެ 2 އާ ހަމަވުމާ ގުޅިގެން ފަހުން، މުއްދަތު މި މިއަދާ ހަމައަށް އިތުރުކުރި އެވެ. ނަމަވެސް އެމްއެމްސީސީން މިއަދު ބުނީ މުއްދަތު އަނެއްކާ ވެސް މިއަދު އިތުރުކޮށްފައިވާ ކަމަށެވެ. އެއީ އަންނަ އަންގާރަ ދުވަހާ ހަމައަށެވެ. އެގޮތުން ނަން ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ 23 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ.

ނޫސްވެރިކަމުގެ އިނާމު ދޭނީ މައިގަނޑު ދެ ކެޓަގަރީއަކުންނެވެ. އެއީ ނޫސް މަޖައްލާ ކެޓަގަރީ އާއި ބްރޯޑްކާސްޓިން ކެޓަގަރީ އެވެ. އެގޮތުން ދެ ކެޓަގަރީން ޖުމްލަ 12 އެވޯޑެއް ދޭނެ އެވެ.

އެވޯޑް ދެވޭ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަން، ދެމެހެއްޓެނިވި ތަރައްގީ އާއި އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރި އާއި އިގުތިސާދު، ކުޅިވަރު، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، ގްރެފިކްސް އާއި އިލެސްޓްރޭޝަންސް، ފީޗާ، އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވެ.