އެޕަލްގެ އައިއޯއެސް އަށް ވުރެ ގޫގުލްގެ އެންޑްރޮއިޑް މިހާރު މާ ރަނގަޅު ކަމަށް މެޓަގެ އިންސްޓަގްރާމްގެ ހެޑް އެޑަމް މޮސެރީ ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅޭ އިތުރު އެއްވެސް ތަފުސީލަކަށް ނުގޮސް އޭނަ ތުރެޑްސްގައި ވިދާޅުވީ "މިހާރު އައިއޯސް އަށް ވުރެ އެންޑްރޮއިޑް މާ ރަނގަޅު" ކަމަށެވެ. އެޑަމް އެގޮތަށް ވިދާޅުވީ މަޝްހޫރު ޔޫޓިއުބާ މާކްއެސް ބްރައުންލީ (އެމްކޭބީއެޗްޑީ) ކުރި ތުރެޑަކާ ގުޅުވަ އެވެ.
Post by @mosseriView on Threads
މިހާރު އެންމެ ގިނަ ބަޔަކު ބަރޯސާވާ ދެ އޮޕަރޭޓިން ސިސްޓަމަކީ މިއީ އެވެ. ހާއްސަކޮށް ސްމާޓްފޯނު ތައާރަފުވި ފަހުންނެވެ.
އައިއޯއެސްއާ އެކީ އައިފޯނު ތައާރަފުވީ 2007 ގަ އެވެ، އަދި އެންޑްރޮއިޑް ތައާރަފުކުރީ 2008 ގަ އެވެ.
މި ދެ އޯއެސް ބޭނުންކުރާ ނިސްބަތަށް ބަލާ އިރު، މުޅި ދުނިޔޭގައި މިހާރު ބޭނުންކުރާ އެންޑްރޮއިޑް ޑިވައިސްތަކުގެ އަދަދު މިހާރު ތިން ބިލިއަނަށް އަރާ ކަމަށް މި އަހަރުގެ ގޫގުލް އައި/އޯ ޑިވެލޮޕާ ކޮންފަރެންސްގައި ގޫގުލް ބުނެފައިވެ އެވެ. ނަމަވެސް އައިއޯސް އަށް މިހާރު ބަރޯސާވާ ޑިވައިސްތަކުގެ ސާފު އަދަދެއް އެޕަލް އިން މި ފަހަކުން ހާމައެއް ނުކުރެ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފިސްކަލް ކުއާޓަރު ނިންމާލި އިރު، އައިއޯއެސްގެ އެކްޓިވް ޑިވައިސްތަކުގެ އަދަދު 1.8 ބިލިއަނަށް އަރާ ކަމަށް ބުނެފައިވެ އެވެ.