Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ސެލީނާގެ މިލްކިއްޔާތު 800 މިލިއަނަށް

އެމެރިކާގެ މަޝްހޫރު ފަންނާނު ސެލީނާ ގޮމޭޒްގެ މިލްކިއްޔާތު މިހާރު 800 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން އެކްޓްކުރުމާއި އަމިއްލަ ވިޔަފާރިތައް ވެސް ހިންގަމުން އަންނަ ފަންނާނަށް ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ލިބުނު އާމްދަނީއާ އެކީ 800 މިލިއަން ޑޮލަރަށް އެރީ، މިލްކިއްޔާތު 95 މިލިއަން ޑޮލަރުގައި ވަނިކޮށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެހެންވެ މި މަހުގެ 22 ގައި 31 އަހަރު ފުރުނު ސެލީނާގެ މިލްކިއްޔާތު މާ ލަސްތަކެއް ނުވެ. ބިލިއަނަކަށް އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ސެލީނާ އަންނަނީ 2019 އިން ފެށިގެން "ރެއާ ބިއުޓީ" ގެ ނަމުގައި އަމިއްލަ ކޮސްމެޓިކް ކުންފުންޏެއް ވެސް ހިންގަމުންނެވެ.

އިންސްޓަގްރާމްގައި އެންމެ ގިނަ ފޮލޯވަރުން ތިބި އަންހެން ސެލެބްރިޓީގެ ރެކޯޑް އޮތް ސެލީނާ އެންމެ ފަހުން ނެރުނު އަލްބަމަކީ 2020 "ރެއާ" އެވެ. މިދިޔަ އަހަރު "ސެލީނާ ގޮމޭޒް: މައި މައިންޑް މީ" ގެ ނަމުގައި އޭނަގެ ޑޮކިއުމަންޓަރީއެއް ވެސް ނެރެފައިވާ އިރު، ސެލީނާގެ އެންމެ ފަހުގެ ފިލްމަކީ 2019 ގެ "އަ ރެއިނީ ޑޭ އިން ނިއު ޔޯކް" އެވެ.

ސެލީނާ އަކީ ވަރަށް ކުޑައިރު މަޝްހޫރުކަން ލިބުނު ފަންނާނެކެވެ.