Last Updated: June 19, 16:18
Friday, June 19, 2026
ޚަބަރު

ހިތަދޫގައި ގެއެއްގައި ރޯވެ މީހަކަށް އަނިޔާވެއްޖެ

އައްޑޫ ހިތަދޫ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިގެން ފަރުވާދޭން ފަށައިފި އެެވެ.

އެމްއެންޑީއެފް އިން ބުނީ ހިތަދޫ "ކުޅިބަލާބޭ" ގޭގައި ރޯވި ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 4:10 އެހާކަށްހާ އިރު ކަމަށާއި ހިތަދޫ ފަޔާ ސްޓޭޝަންގެމަސައްކަތުން އަލިފާންގަނޑު ނިއްވާލެވިފައި ވަނީ ފަތިހު 5:45 އެހާކަށްހާ އިރު ކަމަށެވެ.

މި ހާދިސާގައި ރޯވި ގެއަށް ބޮޑެތު ގެއްލުންތަކެއް ލިބުނު އިރު، ފިހުނު ފިރިހެން މީހާގެ އަތާއި ފައިގެ އެކި ތަންތަނުން ފިހުނު ނަމަވެސް ސީރިއަސް ގެއްލުމެއް ނުވެ އެވެ.

ދާދި ފަހުން ވެސް ހިތަދޫގައި މިފަދަ ހާދިސާތަކެއް ހިނގާފައިވެ އެވެ.