Last Updated: July 18, 17:34
Saturday, July 18, 2026
ދުނިޔެ

ފްލައިޓް ތެރެއަށް ކުޑަކަމުގޮސްފި!

ފާހާނާ އަށް ވަނަނުދިނުމުން އެމެރިކާގެ ސްޕިރިޓް އެއާލައިންގެ ބޯޓެއްގެ ތެރެއަށް އަންހެނަކު ކުޑަކަމުގޮސްފި އެވެ.

މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު އޭފައި ކްރޫންނާ އަންހެން މީހާ ޒުވާބުކުރާ ތަން ވެސް ފެނެ އެވެ. އަންހެން ބުނި ގޮތުގައ ފްލައިޓްގެ ތެރެއަށް ކުޑަކަމުދާން މަޖުބޫރުވީ އޭނަ ފާހާނާކުރަން ބޭނުންވެގެން ކިޔާތާ ދެ ގަޑިއިރުވީ ވެސް ކްރޫ އިން ފާހާނާގެ ދޮރު ހުޅުވައި ނުދިނުމުންނެވެ.

އެހެންވެ ފްލައިޓްތެރެ ނަޖިސްވުމުގެ ޒިންމާ ނަގަން ޖެހޭނީ ކްރޫން ކަމަށް އަންހެން ބުނެފައިވެ އެވެ.

އާންމުވެފައިވާ ވީޑިއޯ އަކީ ކްރޫއަކު ރެކޯޑްކޮށްފައިވާ ވީޑިއޯއެކެވެ. އަދި އަންހެން މީޖާ ބޯޓްތެރެއަށް ކުޑަކަމުދިއުން ވަރަށް ނުބައި ވަސް ދުވާ ކަމަށާއި އޭނަ ފެން ބޯން ކްރޫއަކު އެދޭ އަޑު ވެސް ވީޑިއޯ އިން އެވެ.

މިކަމާ ގުޅިގެން ސްޕިރިޓް އެެއާލައިނުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

މީގެ ކުރިން ވެސް އެކި އެއާލައިންތަކުގެ ދަތުރުމަތީގައި ޕެސެންޖަރުންގެ ފަރާތުން މި ކަހަލަ ކަންކަން ދިމާވެފައިވެ އެވެ.