Last Updated: June 20, 11:49
Saturday, June 20, 2026
ޚަބަރު

އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ސްމޯލީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމަށް ޕޯލް ތޯމަސް ސްމޯލީ ހަމަޖައްސައިފި އެވެ.

ކުރިން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޓެކްނިކަަލް ޑިރެކްޓަރުކަން ވެސް ކުރި އިނގިރޭސިވިލާތަށް އުފަން ސްމޯލީ އަކީ ކުރިން ބުރޫނާއި ދާރުއްސަލާމާއި، ބަންގްލަދޭޝްގެ އަންހެން ގައުމީ ޓީމާއި، އެ ގަޔއުމުގެ 20 އަހަރުގެ ދަށުގެ ޓީމަށް ވެސް ކޯޗްކޮށް ދީފައިވާ މީހެކެވެ.

އޭނަ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރަކަށް ހަމަޖެއްސިކަން އިއުލާންކުރީ އިއްޔެ އެވެ.

ނޫސްވެރިންނާ އެކީ ބޭއްވި އެގެ ބައްދަލުވުމުގައި އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ޓެކްނިކަލް ޑިރެކްޓަރުގެ މަޤާމަށް ސްމޯލީ ހަމަޖެއްސީ އަހަރު ދުވަހުގެ މަޝްވަރާއަށް ފަހު ކަމަށެވެ. އަދި އޭނަ އަކީ މި ސަރަޙައްދުގެ ފުޓްބޯޅަ ވަރަށް ރަނގަޅަށް އެނގޭ މީހެއް ކަމަށާއި، އުންމީދަކީ ސްމޯލީއާ އެޖީ ފުޓުބޯޅައިގެ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

ބައްސާމް ވިދާޅުވި ގޮތުގައި ސްމޯލީގެ މުސާރަ އަކީ ގަތަރު ފުޓްބޯޅަ ފެޑަރޭޝަނުގެ ސްޕޮންސަޝިޕެއްގެ ދަށުން، އެ ފެޑަރޭޝަނުން ދައްކާނެ އެއްޗެއް ކަމަށެވެ. އެހެންވެ އޭނަގެ މުސާރައާ ދޭތެރޭ އެފްއޭއެމުން ވިސްނަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ސްމޯލީ އަކީ ބައްސާމުގެ ދައުރުގައި ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ތިން ވަނަ ޓެކްނިކަލް ޑިރެކްޓަރެވެ.