Last Updated: May 1, 11:34
Thursday, May 1, 2025
ދުނިޔެ

ޓްވިޓާގެ އާ ލޯގޯ އަކީ "އެކްސް"

ޓްވިޓާގެ ލޯގޯގެ ގޮތުގައި މިހާތަނަށް ބޭނުން ކުރަމުން އައި ދޫނީގެ ބަދަލުގައި އާ ލޯގޯއެއް މިއަދު ތައާރަފުކޮށްފި އެވެ.

ޓްވިޓާގެ އާ ލޯގޯގައި މިހާރު އިންނަނީ "އެކްސް" އަކުރެވެ. މި ބަދަލު މި ގެނައީ ލޯގޯ ބަދަލުކުރަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި ވަނިކޮށެވެ. އެގޮތުން އީލޮންގެ އިތުރުން ޓްވިޓާގެ އާ ސީއީއޯ ލިންޑާ ޔަކަރީނޯ ވެސް ވަނީ އާ ލޯގޯގެ ވާހަކަ ޓްވީޓްކުރައްފައިފަ އެވެ.

އެހެންވެ މިހާރު ޓްވިޓާ އަކީ "އެކްސް.ޑޮމް" އެވެ. "އެކްސް."ޑޮމް" އަކީ މިހާރުގެ ޕޭޕަލް އިން އީލޮން 2017 ގައި ބައްލަަވައިގަތް ޑޮމެއިންނެވެ. ޕޭޕަލް އަކީ ކުރިން "އެކްސް" އެވެ.

ފާހަގަކޮށްލެވޭ ކަމަކީ "އެކްސް" އާ އީލޮން ވަރަށް ދޯޅުކަމެވެ. އޭނަ "ސްޕޭސް އެކްސް" ގެ ނަމުގައި ކުންފުންޏެއް ހިންގަމުން އަންނަ އިރު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަށް ހާއްސަކޮށްގެން "އެކްސް.އޭއައި" ނުވަތަ "ޒައީ" ގެ ނަމުގައި ވެސް ކުންފުންޏެއް އުފައްދާފައިވެ އެވެ.

މީގެ އިތުރުން އީލޮންގެ ޓެސްލާގެ އެސްޔޫވީގެ މޮޑެލްއަކަށް ވެސް "އެކްސް" ކިޔާފައިވެ އެވެ.

އިލޮން ވިދާޅުވެފައިވާ ގޮތުގައި ޓްވިޓާގެ ލޯގޯ "އެކްސް" އަށް ބަދަލުކުރި މައިގަނޑު ސަބަބަކީ "ސުޕަ އެޕް" އަކަށް އެ ހެދުމެވެ. ދުނިޔޭގެ އެންމެ ބޮޑު މަހުޖަނު 44 މިލިއަން ޑޮލަރަށް ޓްވިޓާ ބައްލަވައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރުގަ އެވެ. އަދި މިހާރު އެ ހިންގަނީ އީލޮންގެ އެކްސް ކޯޕަރޭޝަންގެ ދަށުންނެވެ.

ޓްވިޓާ އަކީ މީގެ 17 އަހަރު ކުރިން 2006 ގައި ވުޖޫދަށް އައި އެޕެކެވެ.