ހިންދީ ސިނަމާގެ ކުރީގެ މަޝްހޫރު ބަތަލާ ޒީނަތު އަމަން އާ ފިލްމަކަށް ސޮއިކޮށްފި އެވެ.
މީޑިއާތަކުން ބުނީ 71 އަހަރުގެ ބަތަލާ ސޮއިކުރީ "ބަން ޓިއްކީ" ކިޔާ ފިލްމަކަށް ކަމަށާއި މީގެ ޑައިރެކްޓަރަކީ ފަރާޒް އާރިފު އަންސާރީ ކަމަށެވެ. ފިލްމުގެ ކާސްޓްގައި އަބޭ ޑިއޯލް އާއި ޝަބާނާ އާޒްމީ ވެސް ހިމެނެ އެވެ. އިންޑިއާގެ މަޝްހޫރު ފެޝަން ޑިޒައިނަރު މަނީޝް މަލްއުތުރާގެ ޕްރޮޑަކްޝަން ހައުސް، ސްޓޭޖް 5 އިން ޕްރޮޑިއުސްކުރާ މި ފިލްމުގެ ޝޫޓިން މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ އެވެ.
ހިންދީ ސިނަމާގައި 70 އަހަރުތަކުގައި ކާމިޔާބު އެތައް ފިލްމެއް ކުޅުނު ޒީނަތު އެންމެ ފަހުން ކުޅުނު ފިލްމަކީ ޑައިރެކްޓަރު އަޝުތޯޝް ގޮވަރިއާގެ 2019 ގެ "ޕާނިޕަތު" އެވެ. އެ ފިލްމުގެ ލީޑް ރޯލު ކުޅުނީ އަރުޖުން ކަޕޫރާއި ކްރިތީ ސެނަން އެވެ.
ޒީނަތު އާ ފިލްމަކަށް ސޮއިކުރި އޭނަ އަށް މިހާރު ވެބް ކޮންޓެންޓްތަކުން ވެސް އޮފާތައް އަންނަ ކަމަށް ބުންޏެވެ. އަދި ޒީނަތަކީ މިހާރު އިންސްޓަގްރާމްގައި ވަރަށް އެކްޓިވްކޮށް އުޅޭ މީހެކެވެ.