ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން ހިތަދޫގައި ކުދި ވިޔަފާރިތަކަށް އަމާޒްކޮށްގެން ހަދާ "ސޫޤް" އިމާރާތަށް 40،000 އަކަ ފޫޓްގެ ބިމެއް ހިތަދޫން ހަމަޖައްސައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން ބުނީ ޔުނިވާސިޓީއަށް ދޭން ހަމަޖައްސާފައިވާ ބިމަކީ، ސައިދިއްޔާ ސްކޫލް ކުރިމަތިން، ޔޫތު ސެންތަރުގެ ދެކުނުން އޮތް ބިން ކަމަށެވެ.
މިއިމާރާތަކީ، ޔުނިވާސިޓީގެ ބަޖެޓުން ހެދުމަށްފަހު، ކައުންސިލާއި ހަވާލުކުރާ އިމާރާތެކެވެ. އަދި މިތަނުން ކުއްޔަށް ލިބޭ ފައިސާގެ ބައެއް ކައުންސިލަށް ދޭން ނިންމާފައިވާއިރު، ބާކީ ބައި ހަރަދުކުރުމަށް ހަޖެހިފައިވަނީ ގައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހަށެވެ.
ކައުންސިލުން ބުނީ "ސޫގް" އިމާރާތުގެ ސަބަބުން، އައްޑޫގެ ކުދި ވިޔަފާރިތައް ހިންގަން އިތުރު ޖާގަތަކެއް ލިބިގެންދާނެ ކަމަށެވެ.