Last Updated: July 25, 10:39
Saturday, July 25, 2026
މުނިފޫހިފިލުވުން

މިއީ ރަތް ކުލައިގެ ލަވައެއް

އަންނަ ހުކުރު ދުވަހު ރިލީޒްކުރާ ޑައިރެކްޓަރު ކަރަން ޖޯހަރްގެ ފިލްމު "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން މިއަދު ރަތް ކުލަ ވަރަށް ގަދަ ލަވައެއް ދައްކާލައިފި އެވެ.

އެ ފިލްމުގެ ލަވަތަކުގެ ތެރެއިން އާންމުންނަށް ދޫކޮށްލި ހަތަރު ވަނަ އަކީ ކުލަގަދަ ސެޓެއްގައި ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ ނެށުންތަކެއް ފެނިގެންދާ "ދިންދޯރާ ބާޖޭ ރޭ" އެވެ. ޕްރިތަމް މިއުޒިކް ހެދި ލަވަ ކިޔާފައި ވަނީ ދަރުޝަން ރަވަލް އާއި ބޫމީ ތުރިވެދީ އެވެ.

"ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އިން ކުރިން ދައްކައިލި ލަވަތަކަކީ "ތުމް ކިޔާ މިލޭ" އާއި "ވަޓް ތުމްކާ؟" އަދި "ވޭ ކަމްލިއާ" އެވެ. އަދި ހުރިހާ ލަވަތަކެއް ވެސް އާންމުންގެ ތެރޭގައި ވަރަށް ބޮޑަށް މަގުބޫލުވެފައިވެ އެވެ.

މި ފިލްމަކީ "ކުޗް ކުޗް ހޯތާ ހޭ" އާއި "ކަބީ ހުޝީ ކަަބީ ޢަމް" އަދި "އޭ ދިލް ހެ މުޝްކިލް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ކަރަންގެ 7 ވަނަ ޑައިރެކްޝަނެވެ.